ތިމާވެށި ހަލާކުވުމާ ގުޅޭ ޞިއްޙީ މައްސަލަތައް ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިން: ޝައުނާ

ތިމާވެށި ހަލާކުވުމަށް ދިމާވާ ސިއްހީ މައްސަލަތައް ހައްލު ކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައ...

09 Apr 2022 | 09:23

ތިމާވެށި ހަލާކުވުމަށް ދިމާވާ ސިއްހީ މައްސަލަތައް ހައްލު ކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ޞިއްޙަތު ދުވަހާގުޅުވައިގެން ސަރުކާރުން ލޯންޗްކުރި "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް"އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރގެ ޓުވީޓުގައި ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރާއި މިހާރުގެ އެންމެ މުހިންމު މައްސަލަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި، ހަކަތަ ބަދަލުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް އެންމެ ބޮޑަށް ގުޅިފައިވަނީ، އަޅުގަނޑުމެންގެ

https://twitter.com/anuahsa/status/1512665790470045696

ރޭގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ނައިބު ރައީސްގެ ވަހަކަފުޅުގައި، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް