ސޮވްރިން ފަންޑު 5.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވެއްޖެ

ރާއްޖޭގެ ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) 5.2 ބިލިއަން ރުފިޔާއަށް ވުރެ ...

09 Apr 2022 | 08:23

ރާއްޖޭގެ ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) 5.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ވެއްޖެއެވެ.

ފިނޭންސުން މިދިޔަ މަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ފަންޑަށް އެންމެ ފަހުން 149.9 ޖަމާކޮށްފައި ވަނީ 149.9 މިލިއަން ރުފިޔާއެވެ.

އެގޮތުން މި އަދަދަކީ މިދިޔަ އަހަރު ޖަމާކުރި 103.2 އަދަދާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.

މީގެ އިތުރުން ސޮވްރިން ފަންޑުގެ ސައިޒު ބޮޑުވިއިރު ފަންޑުގެ ބޭންކް ބެލެންސު ވެސް ވަނީ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ފަންޑުގެ ބޭންކް ބެލެންސުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް