އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އިން އިންތިޒާމް ކުރާ އިޙްޔާ ފޯރަމް އޮންނާނީ މިރޭ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ
ޕީޕީއެމުން ބުނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ޕީޕީއެމުން ބާއްވާ ޚާއްސަ ޖަލްސާ، މިރޭ 22:00 ގައި އެ ޕާޓީގެ އޮފީހުގައި އޮންނާނެ ކަމަށެވެ.
މިޖަލްސާގައި ދަރުސް ދެއްވާނީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.
މީގެ އިތުރުން ޕީޕީއެމުން ބުނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ މި ޖަލްސާގައި ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އަދި މި ޖަލްސާގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް