ޒިޔާދަށް ކުށް ސާބިތުނުވާކަމަށް ކުރި ހުކުމުގެ އިސްތިއުނާފް މާދަމާ

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯ...

09 Apr 2022 | 07:18

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލާފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގައި ޒިޔާދުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމުގެ ހުކުމެވެ.

އެ މައްސަލަ ދަައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ.

ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލާގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. އެކަމަކު އޭނާގެ ބައި ހައި ކޯޓުން އަދި ތާވަލެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް