އަންނަ އަހަރު އަލަށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫޢުތަކުގެ މަޢުލޫމާތު ފިނޭންސް މިނިސްޓްރީއަށް އަންގަން އެދެފި

ސަރުކާރުގެ އޮފީސް ތަކުން އަންނަ އަހަރަށް ޕްލޭންކޮށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫއުތަކުގެ މައުލޫމާތު އަންނަ މަހުގެ 30 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އަންގަން އެ މިނިސްޓްރީން އެދިއްޖެއެވެ. ފިނޭންސް ...

09 Apr 2022 | 07:18

ސަރުކާރުގެ އޮފީސް ތަކުން އަންނަ އަހަރަށް ޕްލޭންކޮށް ހިންގަން ބަޖެޓް ކުރާނެ މަޝްރޫއުތަކުގެ މައުލޫމާތު އަންނަ މަހުގެ 30 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އަންގަން އެ މިނިސްޓްރީން އެދިއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރެނު ސާކިއުލާގައި ވިދާޅުވީ 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން ގެންދާކަމަށެވެ.

އަދި ދައުލަތުގެ އޮފީސްތަކުން އަލަށް ކުރަން ކަނޑައަޅާ ކަންކަން އަދި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ބޭނުންވާ ކަމަށެވެ.

މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ / އެންއާރްއާރް) ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސް ތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ ކަމަށެވެ.

އަދި ނިއުޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ދައުލަތުން މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް