ފްލެޓުތަކަށް ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވާލައިފި

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކަން ފްލެޓުތަކުގެ ވެރިން ގުޅިގެން އުފައްދާފައިވާ ހިޔާ ޔޫނިއަނުން ގޮވާލައިފި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ފްލެޓުތަކުން ކު...

09 Apr 2022 | 06:44

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކަން ފްލެޓުތަކުގެ ވެރިން ގުޅިގެން އުފައްދާފައިވާ ހިޔާ ޔޫނިއަނުން ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ފްލެޓުތަކުން ކުލި ނަގަން ފެށީ މިމަހު އެވެ. ހައުސިން ޑިވެލޮޕްމެންޓު (އެޗްޑީސީ) ބުނެފައިވަނީ ކުލީގެ ގޮތުގައި ނަގަނީ މަހަކު 8،500 ރުފިޔާ އެވެ.

ހިޔާ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އެ ޔޫނިއަނުން ނުދެކޭ ކަމަށެވެ. އަދި މެއިންޓަނެންސް ފީ ހިމެނޭގޮތަށް ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާއި ހިލާފު އެންގުމެއް ކަމަށްވެސް ބުންޏެވެ.

އެ ޔޫނިއަނުން ބުނީ، މެއިންޓަނަންސް ފީ ނެގޭނީ އެގްރިމެންޓުގައި ބުނެފައިވާ ގޮތަށް ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށެވެ. އަދި އެކަން ހަ މަސް ދުވަހުގެ ތެރޭގަިއ އެޗްޑީސީން ނިންމަންވާނެ ކަމަށް ހިޔާގެ އެއްބަސްވުމުގައި ބުނެފައިވާ ކަމަށް ބުންޏެވެ.

އެ ޔޫނިއަނުން ބުނީ ހިޔާ ސަހަރުގައި ފްލެޓުގައި ހުރި އެތައް މައްސަލަތަކަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިއާޔަތްކޮށް ހިޔާ ފްލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ކުލި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް އެޗްޑީސީއަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.

އިތުރަށް ބުނީ ކުލިދެއްކުމުގެ ކަންކަން ދަނީ އޮމާންކޮށް ކަމަށް އެޗްޑީސީން ބުނެފައިވާ ބުނުން ކުށްވެރި ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް