ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަނީ

ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމ...

09 Apr 2022 | 06:21

ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަ ފުޅު ދައްކަވަމުންނެވެ.

މިކަން ހާމަކުރައްވާ ނަސީމް ވިދާޅުވީ ކެއުންބުއިމާއި ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާ ހާއްސަކޮށް، ރާއްޖޭގައި ކެންސަރު ބައްޔަށް ހުށަހެޅޭ ސަބަބުތައް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ އެ ކަންކަމަށް ފަރުވާ ބަހައްޓާ އަދި ޕެންޑެމިކްތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމުގައި ވެސް 'ރެޒީލިއަންޓް' ބަޔަކަށް ހެދުން ކަމުގައި ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް