ސަލާންޖަހަން މަގުމަތީގައި އުޅެނިކޮށް މައްކާއިން މިދިޔަ ހަފްތާގައި އަތުލައިގަތް އަންހެނެއްގެ އަތުން ލައްކައަކަށްވުރެ ގިނަ ސައޫދީ ރިޔާލް ފެނިފައިވާކަމަަށް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެ ފަރާތްތަކުން ބުނެފައިވަނީ އެ އަންހެންމީހާ ނިސްބަތްވަނީ އޭސިއާ ބައްރުގެ ގައުމަކަށް ކަމަށާއި އަތުލައިގަތްއިރު އަތުގައި 117،000 ސައޫދީ ރިޔާލް ހުރި ކަމަށެވެ. އޭގެ އިތުރުން ބައެއް ގަހަނާއާއި ބޭރުފައިސާވެސް އެމީހާގެ އަތުން ފެނުނުކަމަށް ބުނެފައިވެއެވެ.
ސައޫދީގައި ސަލާންޖެހުމަކީ މަނާކަމެކެވެ. ސަލާންޖެހުމުގެ ބަދަލުގައި ސައުދީގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީވެ އަސާސީ ހިދުމަތްތައް ހޯދުމަށް އޮންނަނީ އަންގާފައެވެ.
ސައުދީން ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ މާރިޗް މަހުގެ 22 އިން 30 އާއި ދެމެދު އެކަނިވެސް ސަލާންޖަހައިގެން ގާތްގަނޑަކަށް ހަތަރު ހާހެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ. ރޯދަމަހު ސަލާންޖެހުން އިތުރުކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް