ކޮވިޑުގެ ބަލިމަޑުކަމުގައި ހައްޖުގެ އަޅުކަންކުރަން ދިން ފުރުސަތުގެ އަދަދު އިންތިހާއަށް ކޮންޓްރޯލުކޮށްފައި ބޭއްވުމަށްފަހު މި އަހަރު އެއް މިލިޔަން ހައްޖުވެރިންނަށް ފުރުސަތު ދޭނެކަން ސައޫދީން ހާމަކޮށްފިއެވެ.
އެގޮތުން ސައޫދީން ބުނެފައިވަނީ މައިގަނޑު ދެ ޝަރުތަކާއެކު އެއް މިލިއަން ހައްޖުވެރިންނަށް މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާކަމަށެވެ. އަދި ގައުމުތަކަށް ކޯޓާ ދިނުމުގައިވެސް ކޮވިޑުގެ ހާލަތާއި އެހެނިހެން ކަންކަމަށް ބަލާނެކަމަށް ބުނެފައިވެއެވެ.
މި އަހަރު ކަނޑައަޅާފައިވާ ދެ ޝަރުތަކީ ހައްޖުގެ އަޅުކަމަށް ސައޫދީއަށް ދާ ފަރާތަކީ ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރު ނުވާ ފަރާތަކަށް ވުމާއި 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހުމެވެ.
ސައޫދީން ބުނެފައިވަނީ އެއް މިލިއަން ފުރުސަތު ދޭނީ އެގައުމާއި އަދި އެހެން ހުރިހާ ގައުމަކުން ހައްޖުގެ އަޅުކަންކުރާ ދާ ފަރާތްތައް ހިމެނޭނެހެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް