ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަމަސް ދިމާވެފައިވާތީ، ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށެވެ.
https://twitter.com/STELCOMALDIVES/status/1512371919055880197
އެގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ސްޓެލްކޯއިން މިކަމަށް އިލްތިމާސްކޮށްފައިވާއިރު މި ހިނގާ އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ މަސްކަމުގައި މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް