ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އަނެއްކާވެސް މިއަދު ހުށަހަޅާފައިވާއިރު މަސީހުގެ މައްސަލަ 100 ފަހަރު ލިޔަސް ފެއިލް ކޮށްލާނެ ކަމުގައި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/ahmed_nihan/status/851023005480173568
އެ ޓްވީޓްގައި ނިހާން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް 100 ފަހަރަށް ލިޔަން އިންޝާ ﷲ ޔަގީން ކަމާއެކު، ޕީޕީއެމް، އެމްޑީއޭ ޕީޖީ ގްރޫޕުން ފެއިލް ކުރާނެ ކަމަށެވެ.
ނިހާން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވައްދާފައިވަނީ 31 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ. މި މައްސަލަ ކުރިން ވެއްދީ 26 މެމްބަރުންގެ ސޮޔާއި އެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް