މާރިޗު މަހު ސްރީލަންކާއަށް ދަތުރުކުރި ދިވެހިިންގެ އަދަދު 10% ދަށަށް

ނިމިދިޔަ މާރިޗު މަހު ސްރީލަންކާއަށް ދަތުުރު ކުރި ދިވެހިންގެ އަދަދު 10% ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ސްރީލަންކާއަަށް އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރާ 10 ގައުމުތ...

09 Apr 2017 | 11:01

ނިމިދިޔަ މާރިޗު މަހު ސްރީލަންކާއަށް ދަތުުރު ކުރި ދިވެހިންގެ އަދަދު 10% ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސްރީލަންކާއަަށް އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރާ 10 ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންމިދިޔަ އަހަރުގެ މާރިޗު މަހު ސްރީލަންކާއަށް 9000 އަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވާއިރު، މިއަހަރުގެ މާރިޗު އެގައުމަށް ދަތުރުކޮށްފައިވަނީ 8076 ދިވެހިންނެވެ.

ސްރީލަންކާއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭ އިރު، އެ ގައުމުންވެސް ސްރީލަންކާއަށް ދަތުރުކުރި ފަތުރުވެރިންގެ ޢަދަދު ވަނީ %10 ދަށްވެފައެވެ. އެހެން ނަމަވެސް މާރިޗު މަހު ޗައިނާއިން ސްރީލަންކާއަށް ދަތުރުކުރި މީހުންގެ ޢަދަދު ވަނީ %12 އިތުރުވެފައެވެ.

ނިމިދިޔަ މާރިޗު މަހު އެޤައުމަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު %2.6 ދަށަށް ގޮސްފައެވެ.

ސްރީލަންކާގެ ޓުއަރ އޮޕަރޭޓަރުން ހާމަކުރާ ގޮތުގައި ސްރީލަންކާ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ގޮސްފައިވަނީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ އެއްވަރުކުރުމާއި މަރާމާތުކުރުމަށް ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް، ދުވާލުގެ 8 ގަޑިއިރު އެއަރޕޯޓު ބަންދުކޮށްގެން މަސައްކަތް ކުރިޔަށް ގެންދިޔުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް