8 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށް މަރާލި އިންޑިޔާގެ މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.
މި ދިޔަ އަހަރު ހިނގި މި ހާދިސާ އާއި ގުޅގެން ހައްޔރު ކުރެވުނު ފިރިހެން މީހާގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވުމާ އެކު އިންޑިޔާގެ ކޯޓުން ވަނީ އެ މީހާއަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
25 ޖޫން 2016 ވަނަ ދުވަހުގެ ރޭ ފައްޅިއެއްގައި އޮތް ކަމެއްގައި އަންހެން ކުއްޖާ ހުއްޓާ އޭނާ ގެންގޮސް ފަޅު ތަނެއްގައި ރޭޕް ކޮށްލެވުނު ކަމަށާއި އަދި އޭނާ އެތާނގައި އޮވެ ލިބުނު ގެއްލުމުގެ ސަބަބުން މަރުވީ ކަމަށް އިންޑިޔާ ގެ ފުލުހުން ވަނީ ހާމަ ކީށްފަ އެވެ.
އިންޑިޔާގެ ފުލުހުން އިތުރަށް ހާމަ ކުރިގޮތުގައި ކުޑަ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޖެހިގެން އައި ދުވަހު މަރުވެފައި އޮށްވައެވެ.
މި ކުށުގައި ހައްޔަރު ކުރެވުނު ކަރަން ދީޕް ޝަރުމާ އާލިއަސް ރާޖޫ ހައްޔަރުކޮށް އޭނާ ގެ މައްޗަށް ކޯޓުގައި ދަޢުވާ ކުރަމުންދާތާ މި ވީ އެއް އަހަރު ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފަ އެވެ.
މި ފަދަ ހިތާމަވެރި ހާދިސާތައް އިންޑޔާގއިބ ހިނގާ ވަރު މަދެއް ނޫނެވެ. އެހެން ކަމުން އިންޑިޔާގެ މީހުން ދެކޭގޮތުގައި މި ފަދަ ޢަމަލު ކުރާ މީހުންނަށް ލިބެންޖެހޭ ހަމަ އެކަނި އަދަބަކީ މަރާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް