ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.
މިފަހަރު ހުށަހެޅީ 31 މެންބަރުްނގެ ސޮޔާއި އެކު އެވެ. ކުރިން ހުށަހެޅީ 26 މެންބަރުންގެ ސޮޔާއި އެކު އެވެ.
މިދިޔަ މަހުގެ ކުރީކޮޅު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައިގައި މާޗް 27 ގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާ ކުރި އަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް