ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ވަނަ ދައުވާގެ އަޑު އެހުމެއް މިމަހުގެ 26 ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ނަޝިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އަނެއްކާވެސް އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން އެމްޑީޕީގެ ވެރިކަމުގައި ބަންދުކޮށް އާ ރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ރައީސް ޔާމީން އޭރު ހައްޔަރުކޮށް އެ ރަށުގައި ބެހެއްޓެވީ ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނެ ހައްޔަރު ކުރުމުން ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެ އެވެ.
ނަޝިދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑު އަޑު އެހުން ތާވަލް ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. އެކަމަކު އެމަނިކުފާނަށް ޗިޓު ހަވާލު ނުކުރެވިގެން އަޑު އެހުން ކެންސަލް ކުރީ އެވެ.
އެ މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށްވެސް ވަނީޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ދައުވާ ރައްދުވާ ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔާތް ހޯއްދަވައިގެން އެ ގައުމުގައި އެވެ. އެކަމަކު މިވަގުތު ހުންނެވީ އަވައްޓެރި ސްރީލަންކާގައި އެވެ.
ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް