ކެންސަރާއި އެއިޑްސް ފަދަ ބޮޑެތި ބަލިތައް ވެކްސިނަކުން ނައްތާލަނީ!

ތަފާތު ބެކްޓީރިއާ ތަކުން ޖެހޭ ބަލިތައް ކަމަށްވާ ހިމަބިހި، ރުބެއްލާ، ފައިލޭރިއާ އަދި މެލޭރިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ޅަފަތުގައި ވެކްސިން ދިނުމުން އެ ބަލިތަކުން 99 ޕަސެންޓު އުމުރު ދުވަހަށް ސަލ...

09 Apr 2017 | 06:14

ތަފާތު ބެކްޓީރިއާ ތަކުން ޖެހޭ ބަލިތައް ކަމަށްވާ ހިމަބިހި، ރުބެއްލާ، ފައިލޭރިއާ އަދި މެލޭރިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ޅަފަތުގައި ވެކްސިން ދިނުމުން އެ ބަލިތަކުން 99 ޕަސެންޓު އުމުރު ދުވަހަށް ސަލާމަތްވެ އެވެ.

އެކަމަކު ބޮޑެތި ބަލިތައް ކަމަށްވާ ކެންސަރު، އެޗްއައިވީ އަދި އިންފްލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ދެވޭނެ މިފަދަ ވެކްސިނެއް މިހާތަނަށް އުފެއްދިފައެއް ނުވެ އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާ ކާރުންނާއި ސައިންސްވެރިން ދަނީ އެބަލިތަކަކުން ސަލާމަތްވުމަށް އުމުރު ދުވަހު ބޭސްކެއުމާއި ހަށިގަނޑުގެ ބައިތައް ނަގަން ޖެހުން ފަދަ ކަންކަން ނުކޮށް ވެކްސިން ދީގެން ސަލާމަތްވެވޭނެ ގޮތެއް ހޯދުމަށް ބުރައް މަސައްކަތްތަކެއް ކުރަމުންނެވެ.

އެމެރިކާގެ ބޮސްޓޮން ޔުނިވާސިޓީ އޮފް މެޑިސިން އިން މިހާރު ކުރަމުންދާ ދިރާސާގެ އަލީގައި ސައިންސްވެރިން ބުނީ ވަރަށް އަވަހަށް ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ އިންފްލުއެންޒާ އާއި އެޗްއައިވީ އަދި ކެންސަރު ފަދަ ބަލިތައް ވެކްސިން ދީގެން ނައްތާލެވޭނެ ކަމަށެވެ. އެގޮތުން މިހާރު ދެ ވައްތަރެއްގެ ވެކްސިނެއް ޓެސްޓުކޮށް އެއް ވެކްސިނަކީ އެފަދަ ބަލިތަކުން ރައްތާތެރި ކުރެވިދާނެ ވެކްސިނެއް ކަމަށް ގަބޫލު ކުރެވިފައިވާ ކަމަށެވެ.

ކެންސަރާއި އެޗްއައިވީ ފަދަ ބޮޑެތި ބަލިތައް ޖެހުމުން ހަށިގަނޑުގެ ދިފާއީ ބާރު ދެރަކޮށްލާ، ހަރަކާތްތެރި ސެލްތައް މަރާލަ އެވެ.

"ޕްރޯބީ" ނަމަކަށް ކިޔާ ޕްރޮޓީން އެއް އެކުލެވޭ ވެކްސިން އަކީ މިފަދަ ބަލިތައް ނައްތާލެވިދާނެ ވެކްސިނެއް ކަމަށް އެމީހުން ބުނެ އެވެ. އެގޮތުން ކުރި ދިރާސާ ތަކުގައި "ޕްރޯބީ" އެކުލެވޭ ވެކްސިން ދިނުމުން ސެލްތައް މަރުވާ އަދަދަށް ސެލްތަކަށް ދިރުން ލިބެ އެވެ. އަދި ދިފާއީ ބާރު ވަރުގަދަ ކޮށްދެ އެވެ.

މީގެ އިތުރުން މަރުވަމުންދާ ސެލްތަކާއި، ހަށިގަނޑުގައި ހުންނަ ބެކްޓީރިއާ ތަކާއި ހަނގުރާމަ ކުރުމުގެ ބާރު އެ ޕްރޮޓީންގައި ހުންނާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ވެކްސިން އާންމުންނާއި ހަމައަށް އަންނާނެ ވަކި އަހަރެއް ނުބުނި ނަމަވެސް އެ ޔުނިވާސިޓީން ބުނީ ދިރާސާތައް ކޮށް ނިމިފައިވާ ކަމަށެވެ. އަދި ވެކްސިނަކުން އެފަދަ ބަލިތައް ނައްތާލެވިދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް