ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ދުނިޔޭގައި މިވަގުތު ޑިޕްރެޝަން ތަހައްމަލުކުރަމުންދާ ނުވަތަ މިނުރައްކާތެރި ބައްޔާ ހަނގުރާމަކުރަމުންދާ 300 މިލިޔަނަށްވުރެ ގިނަ މީހުން އެބައުޅެއެވެ.
ޑިޕްރެޝަން އަކީ ވަކި ޖިންސެއްގެ ވަކި ނަސްލެއްގެ ވަކި ދީނެއްގެ ވަކި މޮޅު މީހެއް ނުވަތަ ދެރަ މީހެއް ތަހައްމަލުކުރަމުންދާ ކަމެއްނޫނެވެ. އެއީ އިންސާނުންގެ ތެރެއިން ހަމަކޮންމެ މީހަކަށްވެސް ދިމާވެދާނެކަމެކެވެ.
އެކަމުގެ ތެރޭގައި މަޝްހޫރު، އެންމެން ދަންނަ މީހުން ވަކި އިސްތިސްނާއެއް ނުވެއެވެ. މިލިޔުމުގައި މިބަލާލަނީ ބޮލީވުޑް ތަރިންގެ ތެރެއިން ޑިޕްރެޝަން ތަހައްމަލުކޮށް އެކަމުގެ ތެރޭގައި އުޅެ މިހާރު އެކަމުން ސަލާމަތްވެފައި ތިބި ތަރިންނަށެވެ. އެތަރިން އެކަމުން ސަލާމަތްވުމަށް ކުރިކަންތައްތަކަށެވެ.
ދީޕިކާ ޕަދުކޯން:
ދީޕިކާ އަކީ ބޮލީވުޑްގެ އެކްޓްރެސްގެ ތެރެއިން މޮޅެތި ފިލްމުތަކަކުން ބެލުންތެރިންނާހަމައަށް އޭނާގެ އެކްޓިންގ ގެނެސްދީފައިވާ ތަރިއެކެވެ. އޭނާގެ މިކާމިޔާބީތަކާއެކު އޭނާއަށް ކުރިމަތިވީ ޑިޕްރެޝަންގެ ނުރައްކާތެރިކަމާއެވެ. ޑިޕްރެޝަން އާ އޭނާ ކުރިމަތިލީގޮތާއި އެކަމުން ސަލާމަތްވުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ނިއު ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަދައްކަމުން ދީޕިކާ ބުނެފައިވަނީ އޭނާ އެއްގޮތަކަށްވެސް އެހާލަތުގައި އުޅެން ބޭނުންނުވާކަމުގައެވެ. " އަހަރެން ބޭނުންވީ އެކަމުން ވީހާވެސް އަވަހަކަށް ސަލާމަތްވާން. މީހުން ބުނެ އެންނު ކޮންމެ ކަމެއްވެސް ހައްލުވާނީ ތިމާމީހާގެ އަމިއްލަ ނަފުސު އެކަމަށް މަސައްކަތްކޮށްގެންނޭ. އެގޮތުން އަހަރެން މިކަމުން ސަލާމަތްވުމަށް އެބާރު އަހަރެންގެ އަމިއްލަ ނަފުސުން ހޯދީ. ދެން އަހަރެން ކައިރީގައި އުޅޭ މީހުންގެ ފަރާތުން އެބާރު ހޯދީ. އެމީހުން އަހަންނަށް ޔަޤީންކަން ދިން މިކަމުގެ ތެރޭގައި އެމީހުންގެ މައްޗަށް އަހަރެންނަށް ބަރޯސާވެވޭނެކަމަށް. " ދީޕިކާ ބުނެފައިވެއެވެ.
މީގެއިތުރުން ދީޕިކާ ބުނެފައިވަނީ މީގެ ދެއަހަރު ކުރިން ދީޕިކާގެ އާއިލާ އޭނާ ކައިރިޔަށް ޒިޔާރަތްކުރުމަށްފަހު ދާންއުޅުމުން މުޅިން އެކަނިވެރިކަން އިހުސާސްކުރެވުނުކަމުގައެވެ. " އާއިލާ މީހުން އެނބުރި ދާން އުޅެން ފެށީމާ އަހަރެން އިނީ އެނދުމަތީގައި ގޮތް ހުސްވެފައި އިން މީހެއްހެން. އަހަރެންގެ މަންމަ އައިސް އަހަރެން ކައިރީގައި އެހި ހުރިހާކަމެއް ރަނގަޅުތޯ ؟ އަހަރެން ބުނިން އާއެކޭ!! ރަނގަޅޭ ! މަންމަ އެހި ކޮންކަމެއްހޭ އުނދަގޫ ކުރަނީ؟ މަސައްކަތްހޭ ނޫނީ އެހެންކަމެއް ހޭ ؟ އަހަރެން ބުނިން އެއްވެސް ކަމެއްނޫނޭ. ރަނގަޅޭ. އެހެންނަމަވެސް މަންމަ ތަކުރާރުކޮށް އަހަންނާ ސުވާލުކުރުމުން އަހަރެން އެވާހަކަތައް ހިއްސާކުރިން. އަހަރެން މިއަދު މަންމަ ކައިރީ ބުނަންބޭނުންވަނީ މަންމަ އެދުވަހު އަހަންނަށް ދިން ސަޕޯޓާ ހިތްވަރުންނޭ އަހަރެން މިއަދު މިތާ މިހރީ. އަހަންނަށް މިކަމުން ސަލާމަތްވުމަށް އެހީތެރިވެދިން އަހަރެންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ އަށް އަހަރެން ޝުކުރު އަދާކުރަން. އަދި އަހަރެންގެ ގާތް ރައްޓެހިންނަށްވެސް " ދީޕިކާ މިދިޔަ އަހަރު މިކަމާގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައިވެއެވެ.
ހޮލީވުޑްގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އެކްޓްރެސް އަންނަނީ ޑިޕްރެޝަން އާއި ސިކުނޑީގެ ބަލިތައް ހުންނަ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން " ދަ ލިވް ،ލަވް، ލާފް ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް ދީޕިކާ އަންނަނީ ހިންގަމުންނެވެ. މިފައުންޑޭޝަނުން ޑިޕްރެޝަންއާއި ސިކުނޑީގެ ބަލިތަކަށް މީހުން ހޭލުންތެރިކޮށް މިބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
ކަރަން ޖޯހަރު:
ކަރަން ޖޯހަރުގެ ދިރިއުޅުމުގައި ދިމާވި އެންމެ އުނދަގޫ ދުވަސްތަކުގެ ވާހަކަ ކަރަން ކިޔައިދީފައިވަނީ 2016 ވަނަ އަހަރު އެވެ. އެކަމާގުޅޭގޮތުން ވާހަކަދައްކަމުން ކަރަންބުނެފައިވަނީ ވަރަށް ފުޅާކޮށް މީހުން ޑިޕްރެޝަންގެ ކަންކަން ތަހައްމަލުކުރަމުންދިޔަ ގޮތް ކިޔައިދޭތަން ފެންނަކަމުގައެވެ. " އަހަރެންގެ ދިރިއުޅުމުގައިވެސް އައި އަހަރެން ވަރަށް ބޮޑަށް ޑިޕްރެސްވި ދުވަސްވަރެއް. އެދުވަސްވަރު އަހަންނަށް އިހުސާސްވަނީ ހިތް ހުއްޓެން އުޅޭކަހަލަ ގޮތެއް. މީގެ ދެއަހަރާއި ބައި ކުރިން އަހަރެން އިނީ މީޓިން އެއްގައި. މީޓިން ގެ މެދުތެރެއިން އަހަންނަށް އެއިހުސާސްކުރެވުނީ. އެއާއެކު އަހަރެން މީޓިން ދޫކޮށްފައި ނުކުތީ ވަރަށް އަވަހަށް ތަނަކަށް ދާންޖެހެއޭ ކިޔާފައި. އަހަރެން ދިޔައީ ޑޮކްޓަރެއް ކައިރިއަށް. އެހިސާބުން ޑޮކްޓަރު އަހަރެން ކައިރީގައި ބުނީ އަހަންނަށްވަނީ އެންޒައިޓީ އެޓޭކެއް އައިސްފައޭ. އެއާއެކު އަހަރެން ސައިކޮލޮޖިސްޓަކާ ވާހަކަދެއްކުމުން އިނގުނީ ދިރިއުޅުމުގައި އަހަރެން ކޮންމެހެން ކުރިމަތިލާ ހައްލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން. އެކަންކަމަށް އަހަންނަށް ސަމާލުކަން ނުދެވުމުގެ ސަބަބުންކަން އަހަރެންގެ ހާލަތު މިހާހިސާބަށް މިއައީ. " ކަރަން ބުނެފައިވެއެވެ.
ކަރަންގެ ދިރިއުޅުމުގައި އައި އެންމެ ބަނަ ދުވަސްތަކުގެ ވާހަކަދައްކަމުން ކަރަން ބުނެފައިވަނީ އެދުވަސްވަރު އެއްވެސް ކަމަކާ އޭނާ އުފާނުވާކަމުގައެވެ. " އެއްވެސް ކަމެއް ކުރާހިތެއްނުވޭ. ނުޔެއް ނިދޭ. އިންނަނީ ބިއްޖެހިފައި އިންނަ ގޮތަކަށް. އަހަންނަށް ހީވަނީ އަހަރެންގެ ބައްޕަ ދުނިޔެއާއި ވަކިވެގެންދިޔުމުން އެކަމާ އަހަންނަށް އެންމެ ރަނގަޅަށް ކުރިމަތި ނުލެވޭހެން. ދިރިއުޅުމުގައި އެކަނި ވެރިކަން އިހުސާސްކުރެވި ހަޔާތުގެ ބައިވެރިޔަކު ނެތި އުޅެން ޖެހުނީމަ ހިތަށް އަރާނީ ކިހިނެއްބާ އޭ ހަޔާތަށް ދެން ވާނީ ؟ އެއްވެސް ކަހަލަ ކާމިޔާބީއަކާ ހަމައަށް ދިރިއުޅުމުގައި ދެވޭނެ ބާއޭ؟ ލިބެމުން ދިޔަ ލޯތްބާއި އަޅާލުން ނުލިބުމުން ދެން ހިތަށް އަރާނީ ކިހިނެއްބާއޭ ވާނީ؟ އެކަންކަން ހިއްސާކުރާނެ ލޯބިވާ ފަރާތެއް ނެތުނީމަ އެކަންކަމާމެދު ވިސްނޭނެ. ހާސްވެ ކަންބޮޑުވާނެ." ކަރަން ބުނެފައިވެއެވެ.
އެހެންނަމަވެސް ކަރަން މިހާރު ވަނީ މިކަމުން ސަލާމަތްވެފައެވެ. ކަރަން އަކީ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޕްރޮޑިޔުސަރެއް އަދި ޑައިރެޓަރެއްވެސް މެއެވެ. މީގެއިތުރުން ދެކުދިންގެ ބައްޕައެއްވެސް މެއެވެ.
އިލިއާނާ ޑިކްރޫސް:
ޑިޕްރެޝަން އާއި ހަނގުރާމަކުރި ބޮލީވުޑްގެ އަނެއް އެކްޓްރެސްއަކީ އިލިއާނާއެވެ. ފިލްމު ބަރްފީން ބެލުންތެރިންނަށް އިލިއާނާ ފެނިގެންގޮސްފައިވާއިރު އޭގެ ފަހުންވެސް އެކި ފިލްމުތަކުން ބެލުންތެރިންނަށް މިތަރި ވާނީ ފެނިގެންގޮސްފައެވެ. ޑިޕްރެޝަން އާ ގުޅޭގޮތުން ވާހަކަދައްކަމުން އިލިއާނާ ބުނީ ކޮންމެ މީހަކުވެސް އެމީހެއްގެ ސިކުނޑީގެ ދުޅަހެޔޮކަން ހުރި މިންވަރު ބަލަން ޖެހޭނެކަމުގައެވެ. އެއީ ވަރަށް މުހިންމުކަމެއްކަމުގައި ދެކޭކަމަށް އޭނާ ވަނީ ބުނެފައެވެ. " އެންޒައިޓީ އަކީ އަހަންނަށް ދިމާވި އެންމެ ބޮޑު މައްސަލަ. އެކަމު އަހަންނަށް ހީވަނީ އަހަންނަށް އެންމެ ބޮޑަށް އުނދަގޫވީ ޑިޕްރެޝަން އާ ހެދިހެން. އެކަން ގުޅިފައި ހުރީވެސް އަހަރެންގެ މަސައްކަތަކާ ނޫން. އަހަރެންގެ އަމިއްލަ ނަފުސާ. އަހަރެންގެ މަސައްކަތުގައި އެއްވެސް ވަރަކަށް އަހަންނަށް އިންސެކުޔަރ ކަމެއް އިހުސާސެއްނުކުރެވޭ. މީހަކު އަހަރެން ކައިރީގައި ތިއީ ކޮމްޕެޓިޓިވް އެއް ހޭ އެހިއަސް އަހަރެން ބުނަން ނޫނެކޭ. އަހަންނަށްވުރެ އެހެން މީހެއްގެ އެކްޓިންގ ރަނގަޅުނަމަ އެމީހަކަށް އެލިބޭ އެއްޗެއް ލިބޭނެ. އަހަރެން ޤަބޫލުކުރަނީ އެމީހަކު ކުރާ މަސައްކަތަކުންނޭ އެމީހެއްގެ ކާމިޔާބީ ގުޅިފައި ހުންނާނީ. " ރުސްތުމްގެ އެކްޓްރެސް ބުނެފައިވެއެވެ.
" އަހަރެންގެ އަމިއްލަ ނަފުސަށް ކަމެއް ގޯސްވެއްޖެކަން އިހުސާސްކުރެވުނު ދުވަހު އަހަރެން އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ފަށައިފިން. އަހަންނަށް އަމިއްލަ އަށް އިހުސާސްކުރެވިއްޖެ އެކަން. އަހަންނަށް ހީވަނީ އެއީ ވަރަށް މުހިންމުކަމެއްހެން. އެމީހަކު އަމިއްލައަށް އެކަން ދެނެގަތުން. އޭރުން ފަސޭހަވާނީވެސް އެކަމުން ސަލާމަތްވާން. އަހަންނަށް
މަސައްކަތަކީ ދެވަނަ ކަންތައް. އަހަރެން ބޭނުންވަނީ އަހަރެންނާ ވަރަށް ގާތް މީހެއް. އާއިލާ މީހެއް. އެމީހެއްގެ ގާތުގައި އަހަންނަށް އަހަރެން ގޮތަށް އުޅެވޭކަހަލަ މީހެއް. ލާރިއަކީ ލިބިފައި ދާނެ އެއްޗެއް. އެއީ މީހާއަށް އަދި އުފާވެރިކަން އެއްކޮށް ގެނެސްދޭ އެއްޗެއްނޫން." އިލިއާނާ ބުނެފައިވެއެވެ.
ޓައިގަރ ޝްރޮފް
ޓައިގަރ ޝްރޮފް ޑިޕްރެޝަން އާ ހަނގުރާމަފެށީ އޭނާގެ ފިލްމު ފްލައިން ޖެޓް ފްލޮޕް ވި ހިސާބުންނެވެ. އެފިލްމަކީ އޭނާގެ ފުރަތަމަ ފްލޮޕެވެ. އެއާއެކު އޭނާއާ ބައްދަލުކުރީ ޑިޕްރެޝަންގެ ކަޅު ދުވަސްތަކެވެ. " ބާގީ 2016 ވަނަ އަހަރު ނިކުތުމާއެކު މެދު އުޑުގައި ފިޔަ ޖަހަން ފެށި ކަހަލަ އިހުސާސެއް ކުރެވުނީ. އެއީ އަހަރެންގެ ދެވަނަ ފިލްމު. ބެލުންތެރިން އެފިލްމު ވަރަށް ބޮޑަށް ބަލައިގަތް. އެކަމަކު ފްލައިން ޖެޓް ފްލޮޕް ވި ހިސާބުން އަހަރެން ހިތަށް އެރި ކީއްވެބާއޭ އެފިލްމު މީހުން ބަލައިނުގަތީ އެހާ ބުރަކޮށް އެފިލްމަށް މަސައްކަތްކުރީމަވެސް. އެއާއެކު މަސްދުވަސްވަންދެން އަހަރެން ޑިޕްރެޝަން ތެރޭގައި އުޅުނިން. މުންނާ މައިކަލްގެ ޝޫޓިންގ ފެށިއިރުވެސް އަހަރެން ހުރީ އެގޮތަށް. އެހެންނަމަވެސް މިހާރު އަހަރެން ހިތަށް އަރާ ބެލުންތެރިންނާ ހަމައަށް އަވަހަށް މިފިލްމު ދައްކާލެވޭނެނަމައޭ." ޓައިގަރ ޝްރޮފް ބުނުފައިވެއެވެ.
ޝާހުރުކްޚާން
2010ވަނަ އަހަރު ކުރި ކޮނޑުހުޅުގެ އޮޕަރޭޝަނަށް ފަހު ޝާހުރުކްޚާންވެސް ޑިޕްރެޝަން ތަހައްމަލުކުރިކަމަށް ބޮލީވުޑްގެ ސުޕަރ ސްޓަރ ވަނީ ބުނެފައެވެ. މީޑިޔާއަށް ދިން އިންޓަރވިއުއެއްގައި ޝާހު ބުނެފައިވަނީ އިންޖަރީއާއެކު އޮޕަރޭޝަން ކުރަން ޖެހުމުން ވަރަށް ބޮޑަށް ޑިޕްރެޝަން ތަހައްމަލުކުރަންޖެހުނުކަމުގައެވެ. އެހެންނަމަވެސް ފަހުން އެކަމުން އަރައިގަނެވިފައިވާކަމަށް ޝާހުވަނީ ބުނެފައެވެ.
އަނުޝްކާ ޝަރުމާ
2015ވަނަ އަހަރު އަނުޝްކާ ޝަރުމާ ދިން އިންޓަރވިއުއެއްގައި އޭނާ ވަނީ ޑިޕްރެޝަން އާއި އެންޒައިޓީ އާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. " އަހަރެންގެ ހުރީ އެންޒައިޓީ މައްސަލަ. އަދި އެކަމަށް އަހަރެން މިއަންނަނީ ފަރުވާވެސް ހޯދަމުން. އަހަރެން މިވާހަކަ މިދައްކަނީ ކީއްވެ؟ އެއީ އަހަންނަށް އިނގޭ މިއީ ހަމަ ވަރަށް އާދައިގެ ކަމެއްކަން. މިއީ އަހަރެން އާއިލާގެ ތެރޭގައިވެސް އޮންނަކަމެއް. މިކަމާމެދު ގިނަ ބަޔަކު އެބަޖެހޭ ވާހަކަދައްކަން. މިހާރަށް ވުރެ ހުޅުވާލެވިފައިވާ ފަދަ ގޮތަކަށް. މިކަމާމެދު ލަދުގަނެ ކަމެއް ފޮރުވާކަށް ނުޖެހޭ. އަހަރުމެން ބަނޑަށް ތަދުވާނަމަ ކީއްކުރާނީ؟ ޑޮކްޓަރެއް ކައިރިއަށް ދޯ ދާނީ . މިއީވެސް ހަމަ އެފަދަކަމެއް. އަހަރެން ބޭނުންވަނީ މިކަމާމެދު މީހުން ހޭލުންތެރިކުރުވުން. މިވާހަކަތައް ދައްކަން. މިކަމަކީ ލަދުގަންނަންޖެހޭ ކަމެއްނޫން. " ބޮލީވުޑްގެ މެދު އުޑުގައި ފިޔަޖަހަމުން އަންނަ އެކްޓްރެސް ބުނެފައިވެއެވެ.
މަނީޝާ ކޮއިރަލާ
މަނީޝާ އަކީ ތަފާތު އެކިއެކި ކަންކަން ތަހައްމަލުކުރަމުންދާ ތަހައްމަލުކޮށްފައިވާ ތަރިއެކެވެ. އޭނާގެ ރާބުއިމުގެ އާދައިގެ އިތުރުން ކެންސަރުގެ ނުރައްކާތެރި ބަލި ތެރޭގައިވެސް މަނީޝާ ވަނީ އުޅެފައެވެ. މީގެއިތުރުން މިއެކްޓްރެސް ވެސް ވަނީ ޑިޕްރެޝަން ތެރޭގައި އުޅެފައެވެ. އެކަމުގެ ތެރޭގައި އުޅެމުން މަނީޝާ އެފްބީގައި ލިޔެފައިވަނީ " މަޑުމަޑުން އަހަރެންގެ ދިރިއުޅުމުގައި ތިބި ރައްޓެހިން އަހަންނާ ދުރުވަމުންދަނީ .. އަހަރެންގެ ހަޔާތުގައި މުޅިއުމުރު އަހަރެންނާއެކު ވާނެކަމަށް ހުވާކުރި ރަހުމަތްތެރިން ހަމަ ނެތީބާ؟ އެކަމާ އަހަރެން މިހިރީ ވަރަށް ދެރަވެ މާޔޫސްވެފައި. އެކަމަކު ދިރިއުޅުމުގައި އަނެއްކާވެސް އާ އުންމީދުތަކަކާއެކު އާ ރަހުމަތްތެރިން އެހުސްވި ބައިތައް ފޫބައްދަދޭން އާދޭ. އަހަރެން އުންމީދުކުރަން މިފަހަރު މިއައި މީހުން އަހަރެން ދޫކޮށްފައި ނުދާނެކަމަށް. " މިހެންނެވެ.
މިތަރިންގެ ވާހަކަތަކަށް ބަލާލުމުންވެސް އިނގޭކަމަކީ ޑިޕްރެޝަން އާއި ސިކުނޑީގެ އެހެން ބަލިތަކަކީ ކުރިމަތިލާން އެހާ ފަސޭހަކަމެއް ނޫންކަމެވެ. ނަމަވެސް އާއިލާއާއި ގާތް މީހުންގެ އެހީތެރިކަމާއެކު މިއިން ކޮންމެ މީހަކުވެސް މިވަނީ މިކަމުން ސަލާމަތްވެ ކާމިޔާބީ އާ ހަމައަށް ދަތުރުކޮށްފައެވެ. ޑިޕްރެޝަން ހުންނަނަމަ އެކަމާމެދު ގާތް މީހަކާ ވާހަކައްދައްކާ އެކަމަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް