ޖިއްދާގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން އުމްރާވެރިއަކު ނިޔާވެއްޖެ އެވެ. އެ އެކްސިޑެންޓްގައި 25 އުމްރާވެރިއަކު ޒަހަމްވެފައި ވެ އެވެ.
ސައުދީ ގެޒެޓްގައިވާގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ޖިއްދާ އާއި މައްކާއާއި ދެމެދުގައި އޮންނަ ހައިވޭގައި، އުމްރާވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކާއި ލޮރީއެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ތިން އުމްރާވެރިންނެވެ.
މި ހާދިސާގައި ޒަހަމްވި އުމްރާވެރިން ޖިއްދާގެ އެކި ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާއިރު އެ އުމްރާވެރިން ހޮސްޕިޓަލުތަކަށް ގެންދިއުމުގައި ހަރަކާތްތެރިވެފައިވަނީ ސައުދީ ރެޑްކްރެސެންޓްގެ އެންބިއުލާންސްތައް ކަމުގައި ސައުދީ ރެޑްކްރެސެންޓް ސޮސައިޓީގެ ތަރުޖަމާނު އަބްދުﷲ އަބޫ ޒައިދު ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް