މައްކާގައި ދެ ދުވަހެއްގައި ހިނގި އަލިފާނުގެ ދެ ހާދިސާއަކާއި ގުޅިގެން މައްކާގެ ދެ ހޮސްޕިޓަލެއް ހުސްކޮށްފި އެވެ.
ސައުދީ ގެޒެޓުގައިވާގޮތުން ހޮނިހިރު ދުވަހު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ކިންގް ޚާލިދު ހޮސްޕިޓަލުގަ އެވެ. މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ހޮސްޕިޓަލަށް ދެވެން އޮންނަ މަގުތަށް މައްކާގެ ސިވިލް ޑިފެންސުން ބަންދު ކުރި އެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ޖަނަރޭޓަރެއްގެ ބެޓެރީއެއްގައި އަލިފާން ރޯވުމުން ކަމުގައި ސިވިލް ޑިފެންސުން ހާމަކޮށްފައި ވެ އެވެ.
އަލިފާނުގެ ދެވަނަ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހަވީރު، މައްކާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމަށާއި އެ ހާދިސާ ގުޅިގެން 22 ޕޭޝަންޓަކު އެ ހޮސްޕިޓަލުން ބޭރަށް ނެރެން ޖެހުނު ކަމުގައި ސިވިލް ޑިފެންސުން ބުނެފައި ވެ އެވެ.
ސިވިލް ޑިފެންސުން ބުނެފައިވަނީ އެ ދެ ހާދިސާ ކުރެން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް