އާޖެންޓީނާއިން ސީރިޔާގެ ރެފިއުޖީންނަށް ސްކޮލަޝިޕް ފުރުސަތު ތަކެއް ދޭން ނިންމައިފި

ސީރިޔާގެ ރެފިއުޖީންނަށް ސްކޮލަޝިޕް ފުރުސަތު ތަކެއް ދިނުމަށް ނިންމާފައިވާކަން އާޖެންޓީނާއިން ހާމަކޮށްފި އެވެ. އާޖެންޓީނާއިން މިކަން ހާމަކޮށްފައިވަނީ ނިމިދިޔަ ހަފްތާ ބަންދުގެ ތެރޭގަ އެވެ. އާޖެންޓީނާއިން...

09 Apr 2017 | 01:29

ސީރިޔާގެ ރެފިއުޖީންނަށް ސްކޮލަޝިޕް ފުރުސަތު ތަކެއް ދިނުމަށް ނިންމާފައިވާކަން އާޖެންޓީނާއިން ހާމަކޮށްފި އެވެ. އާޖެންޓީނާއިން މިކަން ހާމަކޮށްފައިވަނީ ނިމިދިޔަ ހަފްތާ ބަންދުގެ ތެރޭގަ އެވެ.

އާޖެންޓީނާއިން ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީރިޔާ ރެފިއުޖީންގެ އެއް ހާސް ރެފިއުޖީންނަށް ޔުނިވަސިޓީ ސްކޮލަޝިޕް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ. އާޖެންޓީނާއިން މި ނިންމުން ނިންމާފައިވާއިރު އާޖެންޓީނާއަށް އެތެރެވުމުގެ ފުރުސަތު ދެވޭނީ އެންމެ 3000 ރެފިއުޖީންނަށް ކަން މިދިޔަ އަހަރު އިއުލާނު ކުރުމުން އެގައުމަށް ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައި ވެ އެވެ.

އާޖެންޓީނާގެ ރައީސް މޮރީސިއޯ މަކްރީ ވިދާޅުވެފައިވަނީ ތިންހާސް ރެފިއުޖީން އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައިވީނަމަވެސް އެގައުމަށް އަދި އެތެރެވެފައިވަނީ ދެތިން ސަތޭކަ ރެފިއުޖީން ކަމަށެވެ.

އާޖެންޓީނާއިން ސީރިޔާގެ ރެފިއުޖީންނަށް ސްކޮލަޝިޕް ފުރުސަތުތައް ދޭން ނިންމުމަށްފަހު އެކަން އެހެން ގައުމުތަކުންވެސް ކުރުމަށް އާޖެންޓީނާއިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް