އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ވިސްކޮންސިންގެ ހޭލްސް ކޯނާސް ވިލެޖުގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 34 އަހަރުގެ މެލީސާ ބައިޒެން ފެންނަ ކޮންމެ މީހަކު ބުނަނީ އޭނާ، ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއާއި ވަރަށް ވައްތަރު ކަމަށެވެ. ހަމަ އެކަނި ބުނަނީކީ ނޫނެވެ. ބައިޒަން މަގުމަތިން ފެނުމުން އެތައް ބަޔަކު އަންތަރީސްވެ، އާޝޯހުވެ އޭނާއަށް ބަލާކަމަށް އޭނާ ބުނެ އެވެ.
"އަހަރެންގެ އައިޑޮލް އެންޖެލީނާ ޖޯލީއަކީ، އެންޖެލީނާ ޖޯލީއާ އަހަރެންނާ އަޅާކިޔާތީ މޮޔަ ހީވޭ، މަގުމަތިން ހިނގާއިރު އެތައް ބަޔަކު ހުއްޓިގެން ބަލަން ތިބޭނެ، ބައެއް މީހުން އައިސް ފޮޓޯވެސް ނަގާނެ، ހިތަށް އަރާ އެންޖެލީނާގެ ހިނިތުންވުން ލިބޭނެ ނަމައޭ" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބައިޒެން ބުނެފައި ވެ އެވެ.
މީހަކާ އިނދެ ދެ ދަރިން ލިބި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ބައިޒެން ބުނަނީ އެންޖެލީނާ ޖޯލީ އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަކީ ވަރަށް މަގުބޫލު މަސައްކަތެއް ކަމަށާއި އަދި އެންޖެލީނާ ޖޯލީގެ ފިލްމުތައްވެސް ވަރަށް ގިނައިން ބަލާ ކަމަށެވެ. ނަމަވެސް އެންޖެލީނާ ޖޯލީއާ ވައްތަރުވާން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބައިޒެން ބުނެ އެވެ. ބައިޒެން ބުނަނީ އެންޖެލީނާ ޖޯލީއާއި އޭނާ ވައްތަރުނަމަ އެއީ ހަމަ އިއްތިފާގެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް