ރެފިއުޖީ ކޭމްޕްތައް ރޫޅާލުމަށް ލުބުނާނު އަސްކަރިއްޔާއިން އަންގައިފި

ސީރިޔާގައި ދާހިލީ ހަގުރާމައިން ސަލާމަތްވުމަށް އެގައުމު ދޫކޮށް ލުބުނާނަށް ހިޖުރަ ކޮށްފައިވާ ދިހަ ހާހަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން އަންނަ ރެފިއުޖީ ކޭމްޕްތައް ރޫޅާލުމަށް ލުބުނާނުގެ އަސްކަރިއްޔާއިނ...

08 Apr 2017 | 23:15

ސީރިޔާގައި ދާހިލީ ހަގުރާމައިން ސަލާމަތްވުމަށް އެގައުމު ދޫކޮށް ލުބުނާނަށް ހިޖުރަ ކޮށްފައިވާ ދިހަ ހާހަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން އަންނަ ރެފިއުޖީ ކޭމްޕްތައް ރޫޅާލުމަށް ލުބުނާނުގެ އަސްކަރިއްޔާއިން އަންގައި އެކަމަށް ނޯޓިސް ދީފި އެވެ.

ލުބުނާނު އަސްކަރިއްޔާއިން ބުނެފައިވަނީ ލުބުނާނުގެ ބެކާ ސަރަހައްދުގައި ރެފިއުޖީ ކޭމްޕްތައް ގާއިމްކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ އެ ސަރަހައްދުގައި ލުބުނާނުގެ އެއާފޯސް ބޭސް އެއް އޮތުމެވެ.

ކޭމްޕްތައް ރޫޅާލުމަށް ނޯޓިސް ދިން ނަމަވެސް ރެފިއުޖީންނަށް ދެން އޮތް ފުރުސަތަކީ ކޮބައިކަން އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އެންގުމާއެކު އެ ރެފިއުޖީން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ކޭމްޕްތައް ގެއްލި އަލުން އެހެން ގައުމަކަށް ހިޖުރަ ކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފަ އެވެ.

ލުބުނާނުގެ ބެކާ ސަރަހައްދު ހުސްކުރުމަށް ލުބުނާނު އަސްކަރިއްޔާއިން އަންގާފައިވާއިރު ލުބުނާނުގައި ސީރިޔާގެ 1.5 މިލިޔަން މީހުން ރެފިއުޖީންގެ ގޮތުގައި އުޅެމުން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް