ގަދަބާރުން ޔަމަނުގެ އިންސުއަރެންސް އަދި ޕެންޝަން ޖެނެރަލް އޮތޯރިޓީއަށް ވެރިވެގަނެ ޔަމަނުގެ ހޫތީން އެގައުމުގެ ޓްރެޒަރީ ހޫތީންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
2015 އިން ފެށިގެން ޔަމަނުގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގާ މިއީ ހޫތީން ހޯދި އެންމެ ބޮޑު ކުރިއެރުންކަމުގައި މުރާސިލުން ގަބޫލު ކުރެ އެވެ.
ހޫތީން ޔަމަނުގެ ޓްރެޒަރީއަށް ވެރިވެގަތީ ހަތިޔާރާއެކު އެ އިމާރާތަށް ވަދެގަނެ އެ އިމާރާތުގެ ފުރިހަމަ ކޮންޓްރޯލް ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމަށްފަހުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޫތީން ވަނީ ޔަމަނުގެ ޓްރެޒަރީން މިހާތަނަށް 750 ބިލިއަން ޔަމަނީ ރިއާލު ހޫތީންގެ ބެލުމުގެ ދަށުން ޓްރެޒަރީން ނެރެ ރައްކާ ކޮށްފަ އެވެ. އަދިވެސް ޓްރެޒަރީން ފައިސާ ނެރެ ރައްކާ ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެ ދެ އަހަރު ކުރިން ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށިގެން ގޮސްފައިވަނީ ޔަމަނުގެ ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރީންނާއި ހޫތީންނާއި ދެމެދުގަ އެވެ. ދާހިލީ ހަނގުރާމަ ދެ އަހަރަށް ދިގުލާފައިވާއިރު ޔަމަނުގެ ދެކުނުގެ ޕްރޮވިންސްތައް އޮތީ ހޫތީންގެ ކޮންޓްރޯލް ދަށުގައެވެ. އުތުރުގެ ޕްރޮވިންސްތައް އަދި އޮތީ ސަރުކާރުގެ ކޮންޓްރޯލް ދަށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް