ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން ޓްވިޓަރ ބޭނުން ކުރުން ހުއްޓާލައިފި އެވެ.
ވަރުން މި ފަދަ ފިޔަވަޅެއް އަޅާފައިވަނީ އޭނާގެ އެންމެ ފަހުން ނިކުތް "ބަދްރީ ނާތް ކީ ދުލްހަނިޔާ" ފިލްމުގައި އޭނާ ކުޅެފައިވާ މަންޒަރަކާއި ގުޅިގެން ސޯޝަލް މީޑީޔާގައި ވާހަކަދެކެވެން ފެށުމުންނެވެ.
ވަރުންގެ މި ފިލްމުގައި ސްރީލަންކާގެ މަގުމަތީގައި ފިރިހެނުންގެ ގްރޫޕެއް އައިސް އޭނާގެ ވަށާލައެވެ. އޭނާ ދެކޭގޮތުގައި އެމީހުން އައީ އޭނާ ފޭރިގަތުމަށެވެ. އެހެންނަމަވެސް އެމީހުން އައިސް ވަރުންގެ ގަމީސް ބާލަން މަސައްކަތް ކުރެ އެވެ. މި މަންޒަރަކީ އޭގެ ޒާތުގައި މަޖަލަކަށް ނަގާފައި އިން މަންޒަރަކަސް ބައެއް މީހުން ދިޔައީ ސޯޝަލް މީޑިޔާގައި ވަރުންނާ ދިމާލަށް ފާޑު ކިޔަމުން ނެވެ.
މި މައްސަލައާ ބެހޭގޮތުން ވަރުން ދެއްވި ޖަވާބަކީ " ދިހަ މީހުންގެ ތެރެއިން ދެ މީހަކަށް ކަމު ނުދިޔަޔަސް އެ އަދި އެހާ ބޮޑު ތާއީދެއް ކަމުގައި ނުބެލޭ" ކަމަށެވެ.
ވަރުން ޓްވިޓާ ދޫކޮށްފައިވަނީ އޭނާ އިންސްޓަރ ގްރާމަށް ކޮށްފައި އިން ފޮޓޯއަކުންނެވެ. މި ފޮޓޯގައި ދުވަސް ކޮޅަކަށް ޓްވިޓަރ އާއި ދުރަށް ދަނީ ކަމަށާއި މި އީ އަދި އަލްވަދާއު އެއް ނޫން ކަމަށާއި އަވަހަށް ދިމާވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ވަރުން އަކީ ޓްވިޓަރ ދޫކޮށްލި ހަމައެކަނި ތަރިއެއް ނޫނެވެ. ރަންބީރް ކަޕޫރް، ސަލްމާން ޚާން، ޝާހްރުކް ޚާން އަދި ޕުލްކިތް ސަމްރާޓް ފަދަ މަޝްހޫރު ތަރިންވެސް ވަނީ ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް ޓްވިޓާރ ދޫކޮށްލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް