ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން 13 ގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ. އެ ކޮމިޝަނުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ އަންނަ ޖޫން 13 ގައި ކަ...

09 Apr 2015 | 11:09

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ އަންނަ ޖޫން 13 ގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން މިމަހުގެ 15 އިން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް އެ ކޮމިޝަންގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މެމްބަރު މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.

ޕީޕީއެމްއިން ބުނެފައިވަނީ ގިނަ ބަޔަކު ޝައުގުވެރިވާނަމަ އެ ޕާޓީން ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީ ބާއްވައިގެން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަސައްކަތް ކުރަމުންދަނީ އެ ކެންޑިޑޭޓަކު ނެރުމަށް ކަމަށެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ހުކުމް ކުރުުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް