މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ މަހު މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗް މަހ...

09 Apr 2015 | 08:56

މިދިޔަ މަހު މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެފަ އެވެ. އަދި އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 18 އިންސައްތަ އިތުރު އަދަދެކެވެ.

މިރާއިން ބުނީ މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގައި ފެބްރުއަރީގެ ޖީއެސްޓީ ދައްކަން ޖެހޭ މުއްދަތު މާޗް އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާއި ކުލީގެ މުއްދަތު އިތުރުކުރުމާއި ޖޫރިމަނާ ހިމެނޭ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 741 މިލިއަން ރުފިޔާ ލިބިފަވެ އެވެ. އޭގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި 559.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އާއްމު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 182.1 މިލިއަން ރުފިޔާ އެވެ.

އެއާޕޯޓްސް ސާވިސްޗާޖުގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބުނުއިރު ބީޕީޓީގެ ގޮތުގައި 49.9 މިލިއަން ރުފިޔާ އަދި ކުލީގެ މުއްދަތު އިތުރުކޮށްދީގެން 45.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ހަމައެކަނި ޑޮލަރުން ލިބުނު އާމްދަނީ ވެސް 63.7  މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް