ސިޔާސީ ހަރަކާތްތަކަށް ބައެއް ބިންތައް ދޫނުކުރަން ނިންމައިފި

ސިޔާސީ އެއްވުންތަކަށާއި ހަރަކާތްތަކަށް ބައެއް ބިންތައް ދޫނުކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ. އެމްޑީޕީން ޖަލްސާ އެއް ބޭއްވުމަށް ބިމެއް ބޭނުންވާ ކަމަށް ބުނެ ހައުސިންގް މިނިސް...

09 Apr 2015 | 08:30

ސިޔާސީ އެއްވުންތަކަށާއި ހަރަކާތްތަކަށް ބައެއް ބިންތައް ދޫނުކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

އެމްޑީޕީން ޖަލްސާ އެއް ބޭއްވުމަށް ބިމެއް ބޭނުންވާ ކަމަށް ބުނެ ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ  މިހާރު މާލޭގެ ސިޔާސީ ހާލަތު ހުރި ގޮތުން ސިޔާސީ ހަރަކާތް ހިންގުމަށް މިދުވަސްކޮޅު ބިންތައް ދޫނުކުރާތީ، އެމްޑީޕީ އެދިފައިވާ ބިންތައް ދޫކުރެވެން ނެތް ކަމަށެވެ.

އެ ސިޓީގައި ސޮއިކުރައްވާފައިވަނީ ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރު މަރިޔަމް ސާރިޔާއެވެ.

ހައުސިންގ މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކަށް ޖަލްސާ ބާއްވަން ދެ ސަރަހައްދެއް ދޫކުރާނެކަމަށެވެ އެއީ އާޓިފިޝަލް ބީޗު އަދި ކާނިވާ ސަރަހައްދު ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

https://twitter.com/MMuizzu/status/586047909537255424

ސިޔާސީ ހަރަކާތްތަކަށް ބިންތައް ދޫނުކުރަން ހައުސިންގ މިނިސްޓްރީން ނިންމާފައިވާއިރު، އެމްޑީޕީ އާއި އަދާލަތު ގުޅިގެން މިރޭ މާލެ ސިޓީ ކައުންސިލް ގޯތިތެރޭގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މިރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ޖަލްސާއެއް ވެސް އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް