ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލްގައި އިއްޔެ ޓެސްޓެއް ހަދަން އިން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ގްރޭޑް އަށެއްގައި ކިޔަވަމުންދިޔަ ގަމު، ޕްލާޒާ ހުސެއިން ނީޝަމް، 14 އަހަރެވެ. އޭނާ އެވަގުތު ހަދަމުން ދިޔައީ އިކޮނޮމިކް ޓެސްޓެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާއަށް ވަނީ ސްކޫލްގެ ފަސްޓްއެއިޑް ރޫމުން އަވަސް ފަރުވާ ދީފައެވެ.
ނީޝަމް މަރުވި ސަބަބު އަދި ސާފު ނުވާއިރު އޭނާ ބެލި ޑޮކްޓަރުގެ ރިޕޯޓު ލިބުމުން މަރުވި ސަބަބު އެނގިގެންދާނެކަމަށް ސްކޫލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް