ސޫރިޔާގެ ކުރީގެ ރައީސް ބައްސާރުލް އަސަދަށް ތާޢީދުކުރާ ހަނގުރާމަވެރިންނާއި އައު ސަރުކާރުގެ ފައުޖުތަކާއިދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ކުރިމަތިލުންތަކުގައި ފާއިތުވި 24 ގަޑިއިރެއްހާއިރުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު އުޅޭނީ 300 އިން މަތީގައެވެ.
14 އަހަރު ވެރިކަން ކުރި ބައްސާރުލް އަސަދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަލަށް އައި އަހްމަދު އަލް-ޝާރާގެ ސަރުކާރުން ވަނީ އަސަދަށް ތާއީދުކުރާ ހަނގުރާމަވެރިން އަމާން ދިނުމަށް ގޮވާލާފައެވެ.
އަސަދު ޤައުމުން ފައްސާލައި ވެރިކަން ހޯދާފައިވީނަމަވެސް ރަޝިޔާއާއިވީ ފަޅިން ސޫރިޔާގެ ލަތާކިޔާ ސަރަހައްދުގައި އަސަދަށް ތާޢީދުކުރާ ހަނގުރާމަވެރިން އަންނަނީ ސަރުކާރުގެ ފައުޖުތަކާއި ކުރިމަތިލަމުންނެވެ.
14 އަހަރަށްފަހު އަސަދުގެ ވެރިކަން، ގުޅިފައިވާ ފައުޖުތަކުން ބަދަލުކޮށް އަސަދު ޤައުމުން ފައްސާލީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް