އިންޑިއާގެ ސޫތުކުޅި ބަނދަރުން ބަރުކޮށްގެން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް ތެޔޮ އަތުލައިގެންފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާ މީޑިއާއިން މިރޭ ބުނެފައިވާގޮތުގައި އެ އޮޕަރޭޝަނަކީ އިންޑިއަން ކޯސްޓްގާޑު (އައިސީޖީ) އާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ކުޑަ އުޅަނދަކަށް ބަރުކޮށްގެން ސޫތުކުޅި ބަނދަރުން ރާއްޖެއަށް މިސްރާބު ޖަހާފައިވަނިކޮށް އެ އުޅަނދު އަތުލައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 08:00 ހާއިރު ގަލްފް އޮފް މަންނާރު ސަރަހައްދުންނެވެ.
އެ އުޅަނދުން 09 މީހަކު ހައްޔަރުކޮށްފައިވާއިރު އަތުލައިގަތް ހަޝިޝް ތެޔޮ ބަރުދަނުގައި 30 ކިލޯ ހުރި ކަމަށާއި އެތަކެތީގެ އަގު އިންޑިއާގެ ރުޕީސް އިން ބަލާނަމަ 33 ކަރޯޑު (ދިވެހި ރުފިޔާއިން ބަލާނަމަ 55 މިލިޔަން ރުފިޔާ) އަށް އަރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް