ދުވާލު ވަގުތު ސިނގިރޭޓެއް ބޯން އުޅުނު މީހަކު ހައްޔަރު ކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދޭން މަސައްކަތްކޮށްފި !

ދުވާލު ވަގުތު ސިނގިރޭޓެއް ބޯން އުޅުނު ކަމަށް ބަލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދޭން މަސައްކަތްކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދުއަ...

08 Mar 2025 | 19:22

ދުވާލު ވަގުތު ސިނގިރޭޓެއް ބޯން އުޅުނު ކަމަށް ބަލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދޭން މަސައްކަތްކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދުއަށް ނިސްބަތްވާ، އުމުރުން 46 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު އަމުރުގައި ބުނެފައިވަނީ މަގުމަތީގައި ހުރެ އޭނާގެ އަތުގައި އޮތް ސިނގިރޭޓެއް ރޮކުރަން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އޭނާ އެވަގުތު ޢަމަލުތައް ހުރިގޮތުން އެ ޢަމަލު ތަކުރާރުކޮށްފާނެކަމަށް ބެލެވޭތީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ.

"މާފަންނު ޕޮލިސް ހޯލްޑިންގ ރޫމުގައި ބަހައްޓާފައި ހުއްޓައި ހޯލްޑިންގ ރޫމުގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައިގެން އަތްގަނޑު ނެއްޓުމަށްފަހު އަތްގަނޑުން ހޯލްޑިންގ ރޫމު ބޭރު ދޮރުގެ ތަޅުގައި ޖަހައި ތަޅަށް ގެއްލުން ދީފައިވާކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވޭ" ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ފުލުހުން އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު11:15 ހާއިރުގައެވެ.

އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށްވެސް ބަންދު އަމުރުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް