ދޮންއަދަރާދަ ހިނގުން އާންމުންނަށް ހުޅުވާލައިފި

ސްޓެލްކޯގެ ބޭނުމަށް ކުރިން ބަންދުކޮށްފައި އޮތް ދޮންއަނދަރާދަ ހިނގުން މިރޭ އަލުން ހުޅުވާލައިފިއެވެ. މިރޭ އެ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދ...

09 Mar 2024 | 17:02

ސްޓެލްކޯގެ ބޭނުމަށް ކުރިން ބަންދުކޮށްފައި އޮތް ދޮންއަނދަރާދަ ހިނގުން މިރޭ އަލުން ހުޅުވާލައިފިއެވެ.

މިރޭ އެ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.

ސްޓެލްކޯއިން އެ މަގު ހުޅުވާލާފައިވަނީ ސްޓެލްކޯގެ އޮޕަރޭޝަންގައި ބޭނުންކުރަމުން އަންނަ އެ މަގުގެ ދެ ފަރާތް މަތިން ބްރިޖަކުން ގުޅުވާލައި މުވައްޒަފުންނަށް އެއް ފަރާތުން އަނެއް ފަރާތަށް މަތިން ދެވޭގޮތަށް ހެދުމަށްފަހުގައެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވާލާފައިމިވަނީ އާންމުންނަށް ބޭނުން ނުކުރެވޭ މަގުތައް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލެއްވި ވައުދުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް