ދިރާގުން ރަމަޟާން މަހަށް ޚާއްސަ މުޅިން އައު އޮފާރތަކެއް ތަޢާރަފްކޮށްފި

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ. އެގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފު...

09 Mar 2024 | 14:15

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ. އެގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ވަނީ މި އޮފަރތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ޚާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

ރަމަޟާން މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފަރއެއް ތައާރަފްކޮށްފައެވެ. އެއީ:

  • ރޯދަ ބޯނަސް: 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ޚާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓަރ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެއެވެ.
  • ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުން ނަގާ ޚާއްސަ ބޫސްޓަރތަކަކާ އެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ދެ ޑޭޓާ ބޫސްޓަރއެއް - 100ޖީބީ 100 ރުފިޔާއަށް އަދި 400ޖީބީ 300 ރުފިޔާއަށް – ނެގޭނެއެވެ.
  • ޝެއަރ ޔޯ ހެޕިނެސް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް 'ސްކްރެޗް އެންޑް ވިން' ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެއެވެ. އަދި އެ އިނާމު ދިރާގު ނެޓްވަރކްގައި ތިބި އެފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެއެވެ.  
  • ހިތްތައް ހޯދައިގެން އިނާމު: ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ޚާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެއެވެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެއެވެ.
  • ދިރާގު އީޒޯން ސަޕްރައިޒް: ދިރާގު އެޕްގައި ވާ އީޒޯން ބެނަރއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިންގ ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެއެވެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ދިރާގު އެލީޓް ކްލަބް މެމްބަރުންނަށް ރަމަޟާން މަހަށް ޚާއްސަ އޮފަރތަކެއް އެކި ޕަރޓްނަ އައުޓްލެޓްތަކުން ލިބޭނެއެވެ. މި އޮފަރތަކާ ބެހޭ އިތުރު ތަފްސީލް ދިރާގު އެޕް މެދުވެރިކޮށް ލިބޭނެއެވެ.

މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ ކެމްޕޭން ޝިއާރަކީ 'ހެޔޮ ހިތުން' އެވެ. އަދި މި ކެމްޕޭން ބިނާވެފައި ވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށެވެ. އެގޮތުން މި ޝިޔާރާ ގުޅިގެން ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެން.ޖީ.އޯގެ 'ރަމަޟާން އެއިޑް' ކެމްޕޭންގެ ޕާރޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިޝަން ފޯރ މައިގްރަންޓް ވަރކަރސް މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަ އިފްތާރު ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ދިރާގުން މިފަހަރުވެސް އެ ކުންފުނިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް