އިސްލާމިކް ފައިނޭންސިން އާއި ބެހޭ އެގްޒިބިޝަނެއް އަންނަ ހޮނިހިރު ދުވަހު ( 11 މާޗް ) ގައި ބާއްވާނެ ކަމަށް އައިޔޫއެމުން ބުނެފިއެވެ.
އެމްއައިބީ އައިފެމް ( މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް ) ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގައި އަންނަ ހޮނިހިރު ދުވަހު ހެނދުނު ދިހައަކުން ހަވީރު ހަޔަކަށެވެ.
މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމެވެ.
މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ހިމެނެއެވެ. މި އެގްޒިބިޝަނަށް އާންމު ފަރާތްތަކުން ހޮނިހިރު ދުވަހު ހެނދުނު 10:30 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ޒިޔާރަތްކުރެވޭނެއެވެ.
މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯލްކް އިން އިންޓަވިއުވެސް ކުރާގޮތަށް ހަމަޖައްސާފައެވެ.
މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމް ސްޕޮންސާކޮށްފައި ވަނީ އެލްމޯބައިލްގެ ފަރާތުންނެވެ.
މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި ކުއްލިއްޔާ އޮފް މެނޭޖްމެންޓް އެންޑް އިކޮނަމިކް ސްޓަޑީޒް އެފްބީ ޕޭޖްގައި (ޕޭޖަށް ޒިޔާރަތްކުރެއްވުމަށް ކްލިކް ކޮށްލައްވާ) ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް