އިންޑިއާއިން ސްރީލަންކާއަށް އެހެން ގައުމުތަކަށް ވުރެ ބޮޑަށް އެހީތެރިވާކަމަށާއި، ހާއްސަކޮށް ކުރިން ނުފެންނަ މުސީބާތެއް ކުރިމަތިވަމުން ދިޔަ ދުވަސްވަރު އެކަން މާބޮޑަށް ހާމަވެގެން ދިޔަ ކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ރައިސިނާ ޑައިލޮގް 'އައިޑިއާސް ޕޮޑް' ގައި ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ އެވެ. އިންޑިއާ ސަރުކާރުން ގައުމުގެ އިގްތިސާދީ ދަތިކަމުން ސަލާމަތްވުމަށް އެހީތެރިވުމަށް ކެރިގެން ބައެއް ނިންމުންތައް ނިންމިއިރު، އިންޑިއާގެ އާންމުން ވެސް ސްރީލަންކާއަށް ތާއީދު ކުރާކަން ހާމަވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބްރީ ޕޮޑްކާސްޓުގައި އިތުރަށް ވިދާޅުވީ " އަސްލު ރައްޓެހިން އިމްތިހާނު ކުރެވެނީ ނުބައި ވަގުތެއް އައުމުން. އިންޑިއާ އިން އަޅުގަނޑުމެން ހާލުގައި ޖެހުނު ވަގުތު ކައަރީގައި ތިބި. މިއީ އަސްލު ރަހުމަތްތެރިއެއް. އެހެންވީމަ އަޅުގަނޑުމެން އިންޑިއާއަށް ވަރަށް ޝުކުރުވެރިވަން."
އިންޑިއާއިން ސްރީލަންކާއަށް އެހީތެރިވުމަށް ވަރަށް ކެރިގެން ފިޔަވަޅުތައް އެޅިކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިގޮތުން ގާތްގަނޑަކަށް 3.9 ބިލިއަންގެ ބައިލެޓަރަލް ކްރެޑިޓާއި އެކްރެޑިޓޭޝަން ފޯރުކޮށްދީފައި ވާކަމަށެވެ.
ދަރަނީގެ ތެރެއަށް ޣަރަގުވުމުން ސްރީލަންކާ ސަލާމަތް ކުރުމަށް އިންޑިއާއިން ކުރި މަސައްކަތުގެ ހަނދާނުގައި ސަބްރީ ވިދާޅުވީ އިންޑިއާ އޮތީ ސްރީލަންކާއަށް އެހީތެރިވުމުގައި އެންމެ ކުރީ ސަފުގައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ އިންޓަވެންޝަން އެހެން ގައުމުތަކަށް ވުރެ މަތި ކަމަށެވެ. އިންޑިއާއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ފައިނޭންސިން އެޝުއަރެންސް ފޮނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަބްރީ ވިދާޅުވި ގޮތުގައި ޗައިނާ، ޖަޕާން، އަދި އިންޑިއާ އަކީ ސްރީލަންކާގެ އެންމެ ބޮޑު ބައިލެޓަރަލް ލޯނު ދޫކުރާ ތިން ގައުމެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ޖެނުއަރީ މަހު ސްރީލަންކާއަށް ވަޑައިގެން އިގްތިސާދީ ކުރިއެރުން އަވަސް ކުރުމަށްޓަކައި އެޤައުމަށް އިންވެސްޓްމަންޓް ފްލޯ އިތުރު ކުރުމަށްވެސް ވަނީ ވައުދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް