ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ނިންމައިފި

މާލެ ސަރަހައްދުގެ ގޭ ބިސީތަކުން ނަގާ ކުނީގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަ އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ ކ...

09 Mar 2023 | 12:54

މާލެ ސަރަހައްދުގެ ގޭ ބިސީތަކުން ނަގާ ކުނީގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަ އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ ކުނި އުކުމުގެ ފީ ގޭ ބިސީތަކުން ގަވައިދުން ދައްކަމުން ނުދާތީ އެވެ. މި ބަދަލާއި އެކު ކުނީގެ ފީ ކަރަންޓު ބިލުގައި ހިމަނަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވެ އެވެ. އެގޮތަށް ހަމަޖެއްސިޔަސް، ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ކުނި ނެގުމަށް ވެމްކޯގައި ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެކަމަކު ގޭގެއިން އުކާލާ ބޮޑެތި ކުނި އުކުމަށް ވަކިން ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ ބުނެފައިވާގޮތުގައި މާލެ ސަރަހައްދުގެ ގިނަ ގޭބީސީތަކުން ވެމްކޯއަށް ފީ ނުދައްކަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ މިދިޔަ އަހަރުތަކުގައިވެސް ދިމާވެފައިވެ އެވެ. އަދި ވެމްކޯއިން ވަނީ ކަސްޓަމަރުން ރެޖިސްޓްރީ ކުރުމަށާއި ގަވައިދުން ފީ ދެއްކުމަށް އެތައް ފަހަރަކު އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް