ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް އައިޖީއެމްއެޗްގެ ލެބޯޓްރީގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ .
އައިޖީއެމްއެޗުން ކޮއްފައިވާ ޓުވީޓެއްގައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ނުވަ ވަނަ ފަންގިފިލާ ގައި ފެނުގެ ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
އަދި ކުރިއެކޭވެސް އެއްގޮތަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ހިދުމަތް ލިބޭނެއެވެ.
އައިޖީއެމްއެޗް ގެ ލެބޯޓްރީގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނުގައެވެ. މިހެން ވުމުގެ ސަބަބުން އިމަޖެންސީ ކޭސްތަކުގައި އިން ޕޭޝަންޓުގެ ލެބް ޓެސްޓުތައް ހެދީ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެންނެވެ.
އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް