ރޯދަ މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރަނީ

ކުރިޔަށް އޮތް ރޯދަ މަހު ކާބޯތަކެތީގެ އަގު ބާޒާރުގައި އުފުލުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަ...

09 Mar 2023 | 10:43

ކުރިޔަށް އޮތް ރޯދަ މަހު ކާބޯތަކެތީގެ އަގު ބާޒާރުގައި އުފުލުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތަކެތީގެ އަގުބޮޑު ވިޔަ ނުދިނުމަށް މަސައްކަތް ކުރަނީ އެސްޓޯއާ އާއި ގުޅީގެން ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ހަ ޝިޕްމެންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުން ކުރާ ބާވަތްތައް ކަމަށްވާ، އަލުވި، ފިޔާ އަދި ބިހުގެ ޝިޕްމެންޓުތައް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ފުރަތަމަ ޝިޕްމެންޓު މިދިޔަ މަހުގެ27 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު އެސްޓީއޯ މެދުވެރިކޮށް ދަތިކަމެއް ނެތި އެތަކެތި އާންމުންނަށް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރޯދައަށް ގެންނަ މުދާ ޕޯޓުގައި ތާށިވިޔަ ނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލޭ މަހެކެވެ. މިހާރުވެސް އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުން ކުރާ ބާވަތްތައް ކަމަށްވާ ކާށި، ލުނބޯ އަދި މިރުސް ފަދަ ތަކެތީގެ އަގު ބާޒާރުގައި އުޅެނީ އަތް ނުފޯރާ ފަށުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް