ފުލުހުން ކަރަންޓު ބަޑި ބޭނުންކުރުން ވަގުތުން ހުއްޓާލަން ބައެއް ޖަމިއްޔާތަކުން ގޮވާލައިފި

ފުލުހުން ކަރަންޓު ބަޑި ބޭނުން ކުރުމާއި ދެކޮޅުކަން ބައެއް ޖަމިއްޔާތަކުން ހާމަކޮށްފި އެވެ. ފުލުހުން ކަރަންޓު ބަޑި ނުވަތަ ޓީޒާ ގަން ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ26 ވަނަ ދުވަހު އެވެ. މި ނިންމުމ...

09 Mar 2023 | 10:09

ފުލުހުން ކަރަންޓު ބަޑި ބޭނުން ކުރުމާއި ދެކޮޅުކަން ބައެއް ޖަމިއްޔާތަކުން ހާމަކޮށްފި އެވެ.

ފުލުހުން ކަރަންޓު ބަޑި ނުވަތަ ޓީޒާ ގަން ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ26 ވަނަ ދުވަހު އެވެ. މި ނިންމުމާއި ދެކޮޅުކަން މިހާތަނަށް ހަތަރު ޖަމިއްޔާއަކުން ވަނީ ފާޅުކޮށްފައި އެވެ.

އެއީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) ، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ) ، ރައިސް އަޕް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އެވެ.

އެ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިންވެސް ފުލުހުންގެ ނާގާބިލުކަމުންނާއި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ރާއްޖޭގައި އެތަށް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ  ގެއްލުން ލިބިފައިވާ ކަމަށެވެ. ބަޔާނުގައި ބުނީ ފުލުހުން ކަރަންޓު ބޭނުން ކުރަން ފަށާފައިވަނީ އާންމުންގެ މަޝްވަރާ ނުހޯދާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި ކަރަންޓު ބަޑި ބޭނުން ކުރަން ނިންމީ އާންމުންގެ ކަންބޮޑުވުމެއް ނެތުމުންނެވެ. އެކަން އެ ޖަމިއްޔާތަކުން ދޮގު ކުރެ އެވެ.

ކަރަންޓު ބަޑިއާއ ގުޅޭގޮތުން ޖަމިއްޔާތަކުން ބުނީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން މެޑިކަލް އިމްޕްލިކޭޝަންސް އޮފް ލެސް ލީތަލް ވެޕަންސް އިން، ކަރަންޓް ބަޑި ބޭނުން ކުރުމުން އޭގެ ޝޮކް ލިބޭ ފަރާތަށް ނުރައްކާތެރި ގެއްލުން ލިބި ބައެއް ފަހަރު މަރާއި ހަމައަށް ދާ ކަމަށް ބުނެފައިވާ ކަމަށެވެ.

މި ޖަމްއިއްޔާތަކުން ކަމާއި ބެހޭ އިދާރާތަކަށް ހަތަރު ކަމެއް ކުރުމަށް ގޮވާލާފައި ވެއެވެ.

އެއީ ކަރަންޓު ބަޑި ބޭނުންކުރަން ނިންމުމުގައި ބެލި ކަންކަން ހާމަކުރުމާއި ޓޭޒާގެ ނާޖާއިޒު ބޭނުން ނުހިފޭނެކަން ކަށަވަރު ކުރުމަށް އެޅިފައިވާ ފިޔަވަޅުތައް ހާމަކުރުމެވެ. އަދި ފުލުހުން ޒިންމާދާރުކުރުމަށް ދީފައިވާ ޕަބްލިކް ފަންޑުތަކުގެ ރަނގަޅު ބޭނުންކޮށް ފުލުހުން ޕްރޮފެޝަނަލް ކުރުވުމުގެ އިތުރުން ކަރަންޓު ބަޑި ބޭނުން ކުރުން ވަގުތުން ހުއްޓާލުމެވެ.

މީގެއިތުރުން، މި ފަހުން ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށި ފަހުން ވެސް އެ އިދާރާގެ އޮފިޝަލުން ދޭ އެކި ޒާތުގެ އަނިޔާގެ މައްސަލަތައް ނުބެލި އެ އޮފިޝަލުން ޒިންމާދާރުނުކުރެވޭ ކަމަށާއި މިފަދަ ހާލަތެއްގައި އެ އޮފިޝަލުންނަށް ޓޭޒާ ބަޑި ފަދަ ހަތިޔާރެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް