މުއްދަތު ހަމަވެފައިވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ

މުއްދަތު ހަމަވެފައިވާ ލައިސަންސް މި ހިނގާ މާރިޗް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމުގައި ޓްރާންސްޕޯޓުން ބުނެފިއެވެ. އެ މިނިސްޓްރީ އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މުއްދަތު ހަމަވެފައިވާ ލައިސަންސް ބ...

09 Mar 2023 | 07:53

މުއްދަތު ހަމަވެފައިވާ ލައިސަންސް މި ހިނގާ މާރިޗް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމުގައި ޓްރާންސްޕޯޓުން ބުނެފިއެވެ.

އެ މިނިސްޓްރީ އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކުރުމުގެ މުއްދަތު 31 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ. މިއީ މި މުއްދަތު ދިގު ދަންމާލި ދެވަނަ ފަހަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މި އަހަރުގެ ޖެނުއަރީ ފަހުކޮޅު ލައިސަންސް ހިދުމަތްދިނުން މެދުކަނޑާލީ ޑިޖިޓަލް ލައިސަންސް ތައާރަފް ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް