އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ލެބޯޓްރީގެ ހިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ހިދުމަތް ހުއްޓާލީ މައްސަލަ ހައްލުވަންދެން ވަގުތީ ގޮތުންނެވެ. މައްސަލަ ހައްލުވިހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށް މައުލޫމާތުދެ އެވެ.
އައިޖީއެމްއެޗުން ވަނީ ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް އާންމުންގެ ކިބައިން މަޢާފަށް އެދިފައި އެވެ.
ހޮސްޕިޓަލުން މީޑިއާގައި ބުނީ ލެބޯޓްރީގެ ހިދުމަތް މެދު ކެނޑުމުން އެޑްމިޓްކޮށްފައިވާ މީހުންގެ ސާމްޕަލްތައް ޓެސްޓު ކުރުމަށް ފޮނުވަމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް