އިންޑިއާގެ އެކްޓަރު ސަތީޝް ކައުޝިކް ކުއްލި ގޮތަކަށް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރު ސަތީޝް ކައުޝިކް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އުމުރުން 66 އަހަރުގައި ސަތީޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވީ ވެރިރަށް ދިއްލީގެ ގުގުރަމް ސިޓީގައި ހުއްޓަ އެ...

09 Mar 2023 | 04:43

އިންޑިއާގެ މަޝްހޫރު އެކްޓަރު ސަތީޝް ކައުޝިކް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އުމުރުން 66 އަހަރުގައި ސަތީޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވީ ވެރިރަށް ދިއްލީގެ ގުގުރަމް ސިޓީގައި ހުއްޓަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އޭނާ މަރުވިނަމަވެސް އަދި އޭނާގެ ހަށިގނޑު މުމްބާއީއަކަށް ނުގެންދެ އެވެ. އޭނާގެ ހަށިގަނޑު މުމްބާއީއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ.

ސަތީޝް މަރުވިކަން މީޑިއާގައި ހާމަ ކުރީ ފިލްމީ ދާއިރާގައި އޭނާގެ ގާތް އެކުވެރިޔާ އަނޫޕަމް ހޭރެވެ. އަނޫޕަން ބުނީ ކުއްލިއަކަށް 45 އަހަރުވީ އެންމެ ގާތް އެކުވެރިޔާ މަރުވުމުން ފުން ހިތާމައެއް ވެރިވެފައިވާ ކަމަށާއި މިއީ ދެމީހުންވެސް މަރުވާނެ ކަމަށް އުންމީދު ކުރި ގޮތް ނޫން ކަމަށެވެ.

މަޝްހޫރު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ސަތީޝް ފިލްމީ ދާއިރާއަށް ވަނީ ތިއޭޓާ ޕާފޯމަންސްގެ ދާއިރާއިންނެވެ. އޭނާ އަކީ ސްކްރީން ރައިޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ކޮމީޑިއަން އެއް، އެކްޓަރެއް އަދި ޕްްރޮޑިއުސަރެކެވެ.

އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދީވާނާ މަސްތާނާ"، "މިސްޓާ އިންޑިއާ"، "ބްރިކް ލޭން" އަދި "ސާޖަން ޗަލޭ ސަސުރާލް" ހިމެނެ އެވެ. އޭނާ ޑައިރެކްޓު ކުރި ފިލްމުތަކުގެ ތެރޭގައި "ތޭރޭ ނާމް" އަދި ރޫޕް ކީ ރަނީ ޗޯރޯން ކާ ރާޖާ" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް