ސައޫދީ އަރަބިއްޔާގެ މިސްކިތެއްގައި ޗަންދާ ނަގަމުންދިޔަ އިމާމަކު ހައްޔަރުކޮށްފިއެވެ.
ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިމާމަކު ހައްޔަރުކޮށްފައިވަނީ ރިޔާދުގެ މިސްކިތަކުންނެވެ. އެ އިމާމު ޗަންދާގެ ގޮތުގައި ފައިސާގެ އިތުރުން އާންމުންގެ އަތުން ކާބޯތަކެތި ޗަންދާގެ ގޮތުގައި ހޯދައި، މިސްކިތުގައި އެތަކެތި ރައްކާކުރާނެ ކޮމްޕާޓްމެންޓެއްވެސް ހަދާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިފަދަ މައްސަލައެއްގައި ސައޫދީ އިމާމަކު ހައްޔަރުކޮށްފައިވާއިރު ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ރޯދަވީއްލުން ދިނުމުގެ ނަމުގައި ޗަންދާ ނުނެގުމަށް ސައޫދީ އިމާމުންނަށް ވަނީ އަންގާފައެވެ. އަދި އެކަންކަން ބަލާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
ސައޫދީގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މިސްކިތްތަކަށް ބޭނުންވާ އެންމެހާ ކަންކަމާއި ރޯދަވެރީންގެ ރޯދަވީއްލުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސަރުކާރުން ހަމަޖައްސަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް