ދިވެހި ފުލުހުންގެ ޚިދުމަތާއި ޕަބްލިކް ސަރވިސް މީޑިއާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ފުލުހުން ބުނީ މި ފަހުމުނާމާއަކީ ރަމަޟާންމަހަށް ހާއްސަކޮށްގެން ޕަބްލިކް ސަރވިސް މީޑިއާ އިން ތައްޔާރުކުރާ ''ވީރު'' ސިލްސިލާ ޕްރޮގްރާމް އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.
އެގޮތުން އެއް އަހަރުގެ މުއްދަތަށް ސޮއިކުރި މި ފަހުމުނާމާގެ ތެރެއިން އެކި ހަރަކާތްތައް ދެ ފަރާތް ގުޅިގެން ހިންގުމަށްވަނީ ހަމަޖެހިފައެވެ.
އެކަމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް