އެމްޕީއެލް މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަނީ

އެމްޕީއެލްގެ މެނޭޖްމަންޓުން ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމައިފި އެވެ. އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި...

09 Mar 2022 | 13:41

އެމްޕީއެލްގެ މެނޭޖްމަންޓުން ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި (ޑިއުޓީ ގަޑިތަކުގައި) ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ.

މި ޑޭކެއަރ ސެންޓަރުގައި މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި އެކު ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެ ކުންފުނީގެ މަގްސަދަކީ، ހުރިހާ މުވައްޒަފުންނަށްވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުން ކަމަށް ބުނެ އެވެ.

އެމްޕީއެލްއިން ބުނީ މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް