ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް

ހދ. ކުމުންދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ކުމުންދޫ ބަނދަރުގެ ...

09 Mar 2022 | 12:07

ހދ. ކުމުންދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކުމުންދޫ ބަނދަރުގެ ނެރުފުންކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 14،301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 242 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސިން ބުނެއެވެ.

މީގެ އިތުރުން 198 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް