މާލޭ މަގުތަކުން ޕެލެޓް ނެގުން ހޮނިހިރު ދުވަހު

މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. ގަރާޖާއި ގުދަނާއި ފިހާރަތައް ހި...

09 Mar 2022 | 11:59

މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް މިއަދުން ފެށިގެން ނަގަން ސިޓީ ކައުންސިލުން ކުރިން އޮތީ ނިންމައިފަ އެވެ.

ނަމަވެސް  ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ، އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕެލެޓްތައް ނަގަން ދީފައިވާ މުއްދަތު މިއަދަށް ހަމަވި ނަމަވެސް، ކައުންސިލުން މިހާރު ނިންމާފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން ރަސްމީކޮށް އެ މަސައްކަތް ފަށަން ކަމަށެވެ.

"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި  "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް ސިޓީ ކައުންސިލަށް ހުށަހެޅުމުން އޮތީ މިއަދާ ހަމައަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް