ފިޔަ ޖަހަމުން ގޮސް އާލިއާ ހޮލީވުޑަށް، ފުރަތަމަ ފިލްމު ރިލީޒް ވާނީ އަންނަ އަހަރު!

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ އާއިލާ ބަޓް ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފި އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ އާލިއާގެ ނާކާމިޔާބު ނުވަތަ ފްލޮޕް ފިލްމެއް މިހާތަނަށް ބެލުންތެރިންނާއި ހި...

09 Mar 2022 | 11:08

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ އާއިލާ ބަޓް ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފި އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ އާލިއާގެ ނާކާމިޔާބު ނުވަތަ ފްލޮޕް ފިލްމެއް މިހާތަނަށް ބެލުންތެރިންނާއި ހިސާބަށް އައިސްފައެއް ނުވެ އެވެ. "ސްޓޫޑެންޓު އޮފް ދި އިއާ" އިން2012 ވަނަ އަހަރު ބޮލީވުޑަށް ނުކުތް އާލިއާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ގަންޖޫބާއީކަތިޔާވާލާ" އިންނެވެ.

އޭނާ ހޮލީވުޑަށް ދާން އުޅޭކަން އާލިއާވެސް ވަނީ ހާމަކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންދާނީ ފިލްމު " ހާތް އޮފް ސްޓޯން" އިންނެވެ.

މި ފިލްމުގައި އާލިއާގެ ރޯލާއި ގުޅޭގޮތުން އަދި މާބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ. އާލިއާގެ އިތުރުން ފިލްމުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ގަލް ގަލޮޓާއި ޖެމީ ޑޯނަން ހިމެނެ އެވެ.

ފިލްމަކީ ޖާސޫސުް ކުރުމަށް ހާއްސަކޮށް ތައްޔާރު ކުރާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް