އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކޮންފަރެންސް އޮން ވިމެން އެމްޕަވަރމަންޓް" ބާއްވައިފި

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ކޮންފަރެންސް އޮން ވިމެން އެމްޕަވަރމަންޓް"ގެ ނަމުގައި ރޭ މެންހެޓަން ބިޒްނަސް ހޮޓެލ...

09 Mar 2022 | 10:49

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ކޮންފަރެންސް އޮން ވިމެން އެމްޕަވަރމަންޓް"ގެ ނަމުގައި ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ހަރަކާތެއް އިންތިޒާމުކޮށްފިއެވެ.

ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މި ހަރަކާތަކީ މެންހެޓަން ބިޒްނަސް ހޮޓެލާއި މެންހެޓަން ފިޝް މާކެޓްގެ އެހީތެރިކަމާއެކު ހިންގުނު ހަރަކާތެކެވެ.

މި ހަރަކާތުގެ މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުގެ ފަންނީ ފަރާތްތަކުގެ ތަޖުރިބާއާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. އެ ގޮތުން މަޝްވަރާކުރެވުނު މައުޟޫޢުތަކުގެ ތެރޭގައި ވިމެން އިން މީޑިއާ، ވިމެން އެންޑް ދަ އިކޮނޮމީ، ވިމެންސް ހެލްތު އަދި ވިމެން އެންޑް އެންވަޔަރަމަންޓް ހިމެނެއެވެ. ޕެނަލިސްޓުގެ ގޮތުގައި މި މައުޟޫޢުތަކަށް ވާހަކަ ދެއްކެވީ އެޑިއުކޭޓަރ އެންޑް ޓީވީ ޕްރެޒެންޓަރ   އައިމިނަތު ނަމްޒާ، މެޑިފްލެކްސްގެ ޑައިރެކްޓަރ އޮޕަރޭޝަންސް އެންޑް މާކެޓިންގ އައިމިނަތު ޝާޔަން ޝާހިދު، މިޕްސްޓަރގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު ޢަލީ ނާޒް އަދި ޕެޑީ ކޯސް ޑިރެކްޓަރ ޒޫނާ ނަޞީމެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި 14 ޖަނަވަރީ 2022ގައި އިފުތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައި، އަންހެނުންނަށް ގިނަ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް