ބިޕާޝާ ބަނޑުބޮޑު ކަމަށް ބުނާ އަޑު ގަދަވަނީ، ފެށުނީ ދޫ ހެދުމެއް ލެވުނު ހިސާބުން!

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ގްރޯވާއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ. މި ދެތަރިން ކައިވެނި ކުރީ2016 ވަނަ އަހަރު އެވެ. ބިޕާޝާ ބަނޑު ބޮޑުކަމަށް ބުނެ ވާހަ...

09 Mar 2022 | 10:19

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ގްރޯވާއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

މި ދެތަރިން ކައިވެނި ކުރީ2016 ވަނަ އަހަރު އެވެ.

ބިޕާޝާ ބަނޑު ބޮޑުކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ދެމަފިރިން އެކުގައި ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯތައް އާންމު ވުމުންނެވެ. ނޫކުލައިގެ ދޫ ހެދުމެއް ބިޕާޝާ ލައިގެން ހުރި އިރު ސުވާލު އުފައްދަން ފެށީ އޯވާ ސައިޒުގެ ހެދުމެއް ލައިގެން ހުރުމުންނެވެ.

މި ފޮޓޯތައް އާންމުވުމާއި އެކު އޭނާގެ ސަޕޯޓަރުން ދަނީ ބިޕާޝާ ބަނޑު ބޮޑުކަން ޔަގީންވާ ކަމަށް ބުނެފަ އެވެ. އަދި އަނެއް ބަޔަކު ވަނީ އާންމުވެގެން އުޅޭ ވީޑިއޯ ރަނގަޅަށް ބެލުމުން ބިޕާޝާ ބަނޑުބޮޑުކަން އެނގޭކަމަށް ބުނެފަ އެވެ.

ބިޕާޝާ މީގެ ކުރިން ބުނެފައިވަނީ ދެމީހުން އަދި ދަރިއަކު ހޯދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އަދި ބޭނުންވަނީ ދެމީހުން އެކަކު އަނެކަކާއި އެކު ލޯބިން އަހަރުތަކެއް ހޭދަ ކޮށްލުމަށްކަމަށް ބުނެ އެވެ.

ކުއްލިއަކަށް ބަނޑުބޮޑުވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ބިޕާޝާވެސް އަދި ކަރަންވެސް އެއްޗެސް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް